Last Updated: June 25, 23:09
Thursday, June 25, 2026
ރިޕޯޓް

ރަސޫލާ އަމިއްލަފުޅަށް ކައްކަވައި އުޅުއްވިތޯ؟

މުސްލިމު ފިރިހެނުންތަކެއް ކެއުމަކަށް އިންސާފު ކުރަނީ.

ގޭތެރޭގެ މަސައްކަތްތަކާއި، ކެއްކުމާއި، ފުށްގަނޑު މޮޑުން ފަދަ ކަންކަމަކީ އާންމުގޮތެއްގައި އަންހެނުން ކުރާ މަސައްކަތްތަކެވެ.
މިގޮތުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ޢަންހާ ފުށްގަނޑު މޮޑުއްވައި ކައްކަވައި އުޅުއްވިއެވެ. ރަސޫލާ ޙަދީޘްކުރައްވާކަމުގައިވެ އެވެ. "އޭ ޢާއިޝާއެވެ! ތިމަންކަލޭގެފާނަށް ކާންދެއްވާށެވެ. އޭ ޢާއިޝާއެވެ! ތިމަންކަލޭގެފާނަށް ބޯންދެއްވާށެވެ." އެކަލޭގެފާނުގެ އެހެން އަނބިކަނބަލުންގެ ކަންތައްވެސް ހުރީ މިފަދައިންނެވެ.

ހަމައެފަދައިން ފާޠިމާ ރަޟިޔަ ޢަންހާ ވެސް ފުށްގަނޑު މޮޑުއްވައި ކައްކަވައި އުޅުއްވިއެވެ. މި މަސައްކަތުގެ ބުރަކަމުން އަތްޕުޅަށް ތަދުވެ، އެކަމުގެ ޝަކުވާ ރަސޫލާ ގެ އަރިހަށް ހުށަހެޅުއްވުމުން ވެސް، އެކަމުގައި އެކަމަނާއަށް އެހީތެރިވުމަށް ޢަލީގެފާނަށް ރަސޫލާ ﷺ އަމުރުފުޅެއް ނުކުރައްވައެވެ.

ރަސޫލާ އީ: خَيْرُكُمْ خَيْرُكُمْ لِأَهْلِهِ- [أخرجه الترمذيُّ وابنُ ماجه وصحَّحه الألبانيُّ في «صحيح الجامع» (٣٣١٤)) "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހެއްގެ އަހުލުވެރިންނަށް (އަނބިދަރިންނަށް) އެންމެ ހެޔޮމީހާއެވެ." މިފަދައިން ޙަދީޘްކުރެއްވި ނަބިއްޔާއެވެ. މި ޙަދީޘްފުޅުގައި އެ ބަޔާންކުރާ "ހެޔޮކަމަކީ" އަންހެނާ ބަލިވެއުޅޭ ހާލަތެއްގައި ނުވަތަ އުފުލަންދަތި ބުރައެއް ކުރިމަތިވެފައިވާ ވަގުތެއްގައި މެނުވީ، އަންހެނުން ކުރަންޖެހޭ ޒިންމާތައް ފިރިހެނުން އުފުލައިގެން އެކަނބަލުންނަށް އަރާމުކޮށްދިނުމެއް ނޫނެވެ.

ޢާއިޝާ ރަޟިޔަ ޢަންހާގެ ރިވާޔަތެއްގައި "ރަސޫލާ އެކަލޭގެފާނުގެ އަހުލުވެރިންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި އުޅުއްވާ" ކަމަށް އޮންނަ އޮތުމުގެ މާނައަކީ، އެ މުޖުތަމައެއްގައި އާންމުކޮށް ފިރިހެނުން ކޮށް އުޅޭ މަސައްކަތްތައް ކަމުގައިވާ ބަކަރިން ކިރުފެއްލުމާއި، ފައިވާން މަރާމާތުކުރުން ފަދަ ކަންކަމުގައި އުޅުއްވުމެވެ.

އެހެންކަމުން، ރަސޫލާ އެކަލޭގެފާނުގެ ބަރަކާތްތެރި ދެ އަތްޕުޅުން ދުވަހަކު ވެސް ކެއްކެވިކަމެއް ނުވަތަ ފުށްގަނޑެއް މޮޑުއްވި ކަމެއް ސާބިތުވާކަށް ނެތެވެ.

އިބްނުލް ޤައްޔިމު ރަޙިމަހު ވިދާޅުވެފައިވެއެވެ: "އަންހެނާ އަރާމުގައި ބޭންދުމަށްޓަކައި، ފިރިމީހާ ގޭތެރެ ކުނިކަހައި، ފުށް މޮޑެ، ކައްކައި، ފޭރާން ދޮވެ، ތަންމަތި އެޅުން ފަދަ ގޭތެރޭގެ ޚިދުމަތްތަކުގައި އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." (އެއީ އިންކާރު ކުރަން ޖެހޭ ކަމެކެވެ.)

އިމާމް ޣަޒާލީ ރަޙިމަހުﷲ މި މާނައިގައި ވިދާޅުވެފައިވެއެވެ.

"މާތްﷲ ފިރިހެނާއަށް އަންހެނާގެ މައްޗަށް ވެރިކުރައްވާ އިސްކަން ދެއްވާފައި ވަނިކޮށް، އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އަންހެނާގެ ބާރުވެރިކަން އިސްކޮށްފިނަމަ، އެކަންވާނީ ކަންކަމުގެ އަސްލު އޮޅުވާލައި، ޙަޤީޤަތް ފުށުއެރުވުން ކަމުގައެވެ. އަދި ޝައިޠާނާއަށް ކިޔަމަންވުން ކަމުގައެއެވެ. މިފަދައިން ޝައިޠާނާ ބުނި ބުނުމަށް އޭނާ އެ ބޯލެނބީއެވެ.

وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ- النساء 119
"އަދި، اللَّه އެބައިމީހުން އުފެއްދެވި ގޮތް ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރު ކުރާހުށީމެވެ."

އެހެނީ، ފިރިހެނާގެ ޙައްޤަކީ އޭނާއަކީ އެހެން މީހުންގެ ފަހަތުން ހިނގާ މީހަކަށް ވުމުގެ ބަދަލުގައި، އެހެން މީހުން އޭނާއަށް ތަބާވާ އިސް މީހަކަށް ވުމެވެ. މާތް ﷲ ވަނީ ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ބަލަދުވެރި، ރައްކާތެރިވެ ބަލަހައްޓާ (ޤައްވާމުން) ކަމުގައި ލައްވާފައެވެ. އަދި ފިރިމީހާއަށް 'ސައްޔިދު' (ސާހިބާ) ގެ ނަމުން ނަންދެއްވާފައެވެ.

وَأَلْفَيَا سَيِّدَهَا لَدَى الْبَابِ- يوسف 25
'އަދި ދޮރުމަތިން އެކަނބުލޭގެ ސާހިބު (ފިރިމީހާ) އާ އެ ދެމީހުން ބައްދަލުވިއެވެ.'

އެހެންކަމުން، އިސްކޮށް ހުންނަންޖެހޭ މީހާ (ސާހިބު) އަކީ އަނެކާގެ ބާރުގެ ދަށުގައިވާ މީހަކަށް (ޚާދިމަކަށް) ވެއްޖެނަމަ، އޭނާ އެވަނީ މާތްﷲ ދެއްވި ނިޢުމަތަށް އިންކާރުކޮށް، އެކަން ބަދަލުކޮށްފައެވެ."

ރަޙުމަތްތެރިއަކު ކިޔައިދިން ވާހަކައެކެވެ. އޭނާ ކައިވެނިކުރީ ޝާމް ކަރައިގެ އަންހެނަކާއެވެ. އެއްރެއަކު ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު، އަނބިމީހާގެ މައްޗަށް އޮތް ލޯތްބާއި އޯގާތެރިކަން ހާމަކޮށްދިނުމުގެ ގޮތުން، ބައެއް ތަށިތައް ހިފައިގެން އޭނާ ބަދިގެއަށް ދާން ތެދުވިއެވެ. އެވަގުތު ކުއްލިއަކަށް އަޑަށް ބާރުލާފައި އަނބިމީހާ ބުންޏެވެ.
"ނޫނެކެވެ! ތިއީ ފިރިހެނުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ."

"ފިރިމީހާގެ ޒިންމާތައް އަދާކުރުމަށްޓަކައި ދުވާލަކު 10 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. އޭނާ އެނބުރި ގެޔަށް އަންނަ އިރު، އަނބިމީހާ ވެސް ހުންނާނީ ހަމަ އެހާ ގިނަ ވަގުތު ހޭދަކޮށް، އެހާމެ މުހިންމު އަދި ބުރަ މަސައްކަތްތަކެއް ފުރިހަމަކޮށްފަ އެވެ."

އެހެންކަމުން، އެ ދެ މީހުންނަކީ އެކަކު އަނެކަކަށް ވާގިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. އަދި އެކަކު އަނެކަކަށް ދޭ ޚިދުމަތްތަކަކީ އޭގެ އަގުވަޒަން ނުކުރެވޭ ފަދަ ދަށް ނުވަތަ ކުޑަ ކަންތައްތަކެއް ކަމުގައި އެމީހުން ނުދެކެއެވެ.
މީގެ ގާތްގަނޑަކަށް އައްޑިހަ އަހަރު ކުރިއާ ހަމައަށް، އިންސާނީ ދަރިފަސްކޮޅު ދިރިއުޅެމުން އައީ މިފަދަ ގޮތަކަށެވެ.

ނޯޓް: މި ލިޔުން ތަރުޖަމާ ކުރަން ޖެހުނު ސަބަބަކީ، މިހާރަކަށް އައިސް ދިވެހި މުޖްތަމަޢުގައި، ފެމިނިޒަމްގެ ވިހަ ފިކުރުގައި ޖެހުމުގެ ސަބަބުން، ފިރިމީހާ އާއި އަނބިމީހާއާ ދެ މީހުންގެ ރޯލު އޮޅި، ފިރިމީހާ އަކީ އަނބިމީހާކަމުގައި ހީވާ ދަރަޖައަށް ބައެއް މީހުންގެ ވިސްނުން ގޮސްފައިވުމެވެ. -ޝައިހް މުހައްމަދު ޝާފިއު-