Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

އެމްއޭސީއެލްގެ ބޯޑަށް ނާސިފް އައްޔަންކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެމްއޭސީއެލްގެ ބޯޑު މެންބަރު ކަމަށް އައްޑޫ ހުޅުދު އަށް ނިސްބަތްވާ އަހުމަދު ނާސިފް އައްޔަންކޮށްފައިވާ ކަމަށެވެ.

އޭނަ އަކީ ކުރިން ވެމްކޯ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ކުރީގެ ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) ގެ ޗެއާމަންކަން ވެސް ކުރެއްވި ބޭފުޅެކެވެ.