ގދ. އަތޮޅާއި ފުވައްމުލަކާ ދެމެދު ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މަސްބޯޓުތަކެއް ހަރަކާތްތެރިވަމުންދަނީ ގދ. ފިިޔޯރީއާ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ބޭރުގެ ދެ މަސް ބޯޠެއް ދަތުރު ކުރަމުން އަންނަކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް މި އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނެތި ވަދެ މަސްވެރިކަން ކުރުމަކީ އާންމުކޮށް ދިމާވަމުންދާ ކަމެކެވެ.