Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ވޯލްޑް ބޭންކްގެ ޓީމެއް ރާއްޖޭގައި

ވޯލްޑް ބޭންކްގެ ޓީމަކުން މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާ ބައްދަލުކޮށްފި އެވެ.

އެ ބައްދަލުވުމުގައި ވޯލްޑް ބޭންކުގެ ވަފުދުގައި އިސްކޮށް ހުންނެވީ ރާއްޖެ ނޭޕާލް އަދި ސްރީލަންކާ ޑިވިޝަން ޑައިރެކްޓަރު ޑޭވިޑް ސިސްލެން އާއި ރާއްޖެ އަދި ސްރީ ލަންކާގެ ކަންޓްރީ މެނޭޖަރު ގެވޯގް ސާގްސިޔާން އެވެ.

އިއްޔެ އޮތް އެ ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްގްރީން ބުނީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، ރާއްޖެ އާއި ވޯލްޑް ބޭންކާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން ދެ ފަރާތަށް ފައިދާ ހުރި ތަރައްގީގެ މަޝްރޫޢުތައް ކުރިއެރުވުމާއި ތަރައްގީގެ ކަންކަމަަށް ފައިނޭންސިން ފުރުޞަތުތައް ފުޅާކުރުމާއި ޕްރައިވެޓް ސެކްޓާ ކުރިއެރުވުމާއި އިޤުތިޞާދީ ގުޅުންތައް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ވަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވޯލްޑް ބޭންކުން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ

ވޯލްޑް ބޭންކަކީ ތަފާތު އެކި ކަންކަމަށް ރާއްޖެ އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ތަނެކެވެ.