Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އެމްޓީސީސީގެ ޗެއާޕާސަނަކަށް ސައާދާ

އެމްޓީސީސީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އެމްޓީސީސީގެ ޗެއާޕާސަންގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރީ ދަޕްތަރު ސަޢާދާ އިބްރާހިމް ކަމަށެވެ.

އޭނަ އެ މަގާމަށް އައްޔަންކުރީ އިއްޔެ އެވެ.

އެމްޓީސީސީގެ ޗެއާޕާސަންގެ މަގާމުގައު އެންމެ ފަހުން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެޕްރީލް މަހު އައްޔަންކުރި މުހައްމަދު އަފީފް ހުސައިނެވެ.

އެމްޓީސީސީގެ ޗެއާޕާސަންގެ މަގާމަށް ސައާދާ އައްޔަންކުރި އިރު، އެ ކުންފުނީގެ ސީއީއޯ/އެމްޑީ އަކީ އަހުމަދު ސައުދީ އެވެ.