ހޮލީވުޑްގެ ކާމިޔާބު ފިލްމެއްގެ ދެވަނަ ބައި 28 އަހަރު ފަހުން މި އަހަރު ގެނެސްދޭން ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރު 11 އަށް ތާވަލުކޮށްފައިވާ ރޮމޭންޓިކް ފެންޓަސީ ފިލްމު 'ޕްރެޓިކަލް މެޖިކް 2' އެވެ. ހޮލީވުޑްގެ ނުފޫޒު ދެ ބަތަލާއެއް ކަމަށްވާ ނިކޯލް ކިޑްމަނާއި ސަންޑްރާ ބްލޮކްގެ މައިގަނޑު ރޯލުތަކުން ފެންނާނެ ފިލްމަކީ ސުޒާން ބިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އެ ދެ ތަރިންނާ އެކު 'ޕްރެޓިކް މެޖިކް' ގެނެސްދީފައި ވަނީ 1998 ގަ އެވެ. އެ ފިލްމު ޑައިރެކްޓްކުރީ ގްރިފިން ޑޫން އެވެ. ޖުމްލަ 75 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި 'ޕްރެޓިކަލް މެޖިކް' އަކީ ބޮކްސް އޮފީހުގައި 94.4 މިލިއަން ޑޮލަރުގެ އާމްދަނިއެއް ހޯދި ފިލްމެކެވެ.
އެ ފިލްމަށް 28 އަހަރު ފަހުން ޕްރެޓިކަލް މެޖިކް 2 މި އަހަރު ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، 'ޕްރެޓިކަލް މެޖިކް 2' އަށް ހަދާފައި ވަނީ ލިޔުންތެރިޔާ އެލިސް ހޮފްމަންގެ 2021 ގެ ވާހަކަ ދަ ބުކް އޮފް މެޖިކް އަށް ބިނާކޮށެވެ.
އާ ފިލްމުގެ ޑައިރެކްޓަރު ސުޒާންގެ އެންމެ ފަހުގެ ފިލްމަކީ ބްލޮކްއާ އެކު 2018 ގައި ގެނެސްދިން ހޮރޯ-ތުރިލާ 'ބާޑް ބޮކްސް' އެވެ.