Last Updated: July 15, 09:59
Wednesday, July 15, 2026
ޚަބަރު

ހިރިމަރަދޫ މީހުން ހޯރަފުއްޓަށް ބަދަލުވާން ހުޅުވާލައިފި

ހދ. ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން އެ އަތޮޅު ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެއީ ރައްޔިތުންގެ ވެސް އެދުމުގެމަތިންނެވެ.

ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހޯރަފުށީ ކައުންސިލުގެ އާންމު ޖަލްސާއެއްގައި ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން އެދޭ ރައްޔިތުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށެވެ. އެހެންވެ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ވަނީ އިއްޔެ ފެށިގެން 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ.

ހިރިމަރަދޫގައި މިހާރު ދިރިއުޅެނީ 200 އެއްހާ މީހުންނެވެ.