ކުރީގެ މިނިސްޓަރުން ކަމަށްވާ ތޯރިގް އިބްރާހީމާއި އާދަމް ޝަރޯފް ސަފީރުންގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އައްޔަންކުރީ ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށެވެ. ކުރީގެ ލޯކަލް ގަވަރަމަންޓް މިނިސްޓަރު އައްޔަންކުރީ ގަތަރުގެ ސަފީރަކަށެވެ.
އެ ދެ ބޭފުޅުންނަށް ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
ތޯރިގާއި އާދަމް ޝަރީފަކީ އެޕްރީލް މަހުގެ ތެރޭގައި ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން ވަޒީރުކަން ގެއްލުނު ބޭފުޅުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. މިނިސްޓަރުކަން ގެއްލުނު ނަމަވެސް އެ ބޭފުޅުން ފަހުން ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރި އެވެ.