Last Updated: July 15, 09:53
Wednesday, July 15, 2026
ޚަބަރު

ޑްރަގާ އެކު މާލެ އިން 2 މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި މި މަހުގެ 23 ގައި ހައްޔަރުކުރީ ގ. މޫންލައިޓްވިޔު، މާލެ، މުޙައްމަދު ޢުމައިރު، 58، އާއި ލ. ދަނބިދޫ، ގުލްއަލާގޭ، މާޝާ އިބްރާހީމް، 38، އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރަން ހިންގި އޮޕަރޭޝަންގައި، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރި އިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.