ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށްޓަކައި ކާޑު ލިމިޓު އިތުރުކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ގައުމީ ބޭންކުން މިއަދު ބުބީ ރާއްޖެއިން ބޭރުގައި ކިޔަވާ ހުރިޖާ ދަރިވަރުންނަށް، ވިސާ ފީ ދެއްކުމަށް މީގެ ކުރިން "ކޭޝްބައި ކޭޝް" އަށް ބެލުމަށް ފަހު ބޭންކުން ދިޔައީ ލިމިޓު ދެމުން ކަމަށެވެ.
އަދި ބޭނުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށް ވެސް ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓު ދިނުމަށް ނިންމާފައިވާ ބީއެމްއެލުން ބުންޏެވެ.