Last Updated: June 25, 23:09
Thursday, June 25, 2026
މުނިފޫހިފިލުވުން

'މިރްޒާޕޫރް' ފިލްމުގެ ޓީޒާ ދައްކާލައިފި

ތިން ސީޒަނަކަށް ގެނެސްދީފައިވާ އިންޑިއާގެ މަގުބޫލު އެކްޝަން ކްރައިމް ތުރިލާ ވެބް ސީރީޒް 'މިރްޒާޕޫރް' ގެ ފިލްމު ވާޝަންގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

'މިރްޒާޕޫރް: ދަ މޫވީ' ވެސް އުފެއްދީ ސީރީޒް އުފެއްދި ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުންނެވެ.

މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 4 ގަ އެވެ.

'މިރްޒާޕޫރް: ދަ މޫވީ' ވެސް ޑައިރެކްޓްކުރީ ސީރީޒްގައި ވެސް ޑައިރެކްޓަރެއްގެ ގޮތުގައި ހިއްސާވި ގުރުމީތު ސިންގެވެ. އަދި ސީރީޒްގެ މައިގަނޑު ގިނަ ކާސްޓުންތަކެއް ފިލްމުން ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި އަލީ ފަޒަލް، ޕަންކަޖް ޓްރިޕާތީ، ދިވްޔެންޑޫ ޝަރުމާ، ރާސިލާ ޑުއްގަލް، ޝްވޭތާ ތުރިޕާތީ އަދި ޝްރިޔާ ޕަލްގާއޯންކަރް ފަދަ ތަރިން ހިމެނެ އެވެ.

'މިރްޒާޕޫރް: ދަ މޫވީ' މޯހިތު މަލިކް، ޝީބާ ޗައްޑާ، ކުލްބުޝަން ކަރްބަންދާ، އަބީޝެކް ބެނަޖީ އަދި ސޮނާލް ޗޯހަން ހިމެނެ އެވެ.

އެމެޒޯން ޕްރައިމް ވީޑޯއިން ތިން ސީޒަނަކަށް 'މިރްޒާޕޫރް' ގެނެސްދިން އިރު، އެއީ 29 އެޕިސޯޑެވެ.