ފުވައްމުލައް ސިޓީގައި އިމާރާތްކުރި ޤުރުއާނާ ބެހޭ މަރުކަޒު މާދަމާ ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އިސްލާމީކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ މަރުކަޒު ހުޅުވުމަށް ފަހު ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް ފުވައްމުލަކުގައި އިތުރުކޮށް މުދައްރިސުންގެ އަދަދު ވެސް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީން ރޫމެއް ހިމެނެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެގޮތުން މިހާރު ވެސް 16މަރުކަޒެެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.