ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރި ސ. ހުޅުދޫ މީހަކު އެއް އަހަރަށް ޖަލަށް ލާން ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ހުޅުދޫ ހިކިއުނިމާގޭ ހުސައިން ސާހިބް، 22، ގެ މައްޗަށް ކުރި ހުކުމްގައިވާ ގޮތުން އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ނޮވެމްބަރު 6، 2012 ވަނަ ދުވަހުގެ ރޭ ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ކުޑަކަމުދާ ތަކެތި ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރި ކަމަށް ޝަރީއަތުގައި އިއުތިރާފްވެފައިވެ އެވެ.
ސާހިބްގެ މައްސަލަ ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި ވަނީ ވެސް މިއަދެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ އަލަށް އަމަލުކުރަން ފަށާފައިވާ މަސްތުވާތަކެތީގެ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.