Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ޚަބަރެއް ނުވި ޑިންގީ ފެނިއްޖެ

ދ .ކުޑަހުވަދޫން ފުރައިގެން އއ. ބޮޑުފުޅަދު އަށް ދަތުރު ކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހޯދަމުން ދިޔަ ޑިންގީއާ ގުޅިއްޖެއެވެ.

އެ ޑިންގީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ އިއްޔެ މެންދުރުފަހު 131 ހާއިރުއެވެ. އަދި އެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދިޔައީ އެ ޑިންގީ ހޯދުމުގެ މަސައްކަތް ފެށި އެވެ.

އެގޮތުން، ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ރޭ 22:24 ހާއިރު، އެ ޑިންގީއާ ގުޅިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭގައި ތިބި ފަޅުވެރިންނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ ޑިންގީއާ ގުޅޭގޮތް ނުވީ އިންޖީނު ހުއްޓި ރޭންޖު ލިބޭ ސަރަހައްދުން ބޭރުގައި ޑިންގީ އޮތުމުން ކަމަށެވެ.

ޑިންގީއާ ފަހުން ގުޅިފަައިވަނީ ރޭންޖު ލިބޭ ހިސާބަށް އެ ޑިންގީއަށް ވަދެވުމުންނެވެ.

ޑިންގީއާ ގުޅުމުން، އެ ޑިންގީ އޮތް ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުން ގޮސް އޭގައި ތިބި ދެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މާލެ ގެންގޮސް ދީފައިވެ އެވެ. އަދި ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީފުން ބުންޏެވެ.