ލ. އަތޮޅުގައި ތަރައްގީ ކުރަން ނިންމާފައިވާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ-ކަލައިދޫގައި އަޅަން ނިންމައިފި އެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެ މަނިކުފާނި ވިދާޅުވެފައިވާ ގޮތުގައި އެ އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ އެއާޕޯޓު ތަރައްގީ ކުރާނީ ގިނަ ރިސޯޓްތަކާ އެކު އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި ކަމަށް ވަނީ މިދިޔަ އަހަރު ލ. އަތޮޅިގެ ރަށްތަކަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވެ އެވެ.
ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު ލ. އިސްދޫ – ކަލައިދޫގައި pic.twitter.com/3b2PHznKvR
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) June 25, 2026
އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި އެކްސްގައި ވީޑިއޯ ޕޯސްޓެއްގައި ބުނީ ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު ލ. އިސްދޫ-ކަލައިދޫގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.
ލ. އަތޮޅުގައި ،ިހާރު އޮތް އެއާޕޯޓަކީ ކައްދޫ އެއާޕޯޓެވެ. މިއީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް އެއާޕޯޓެވެ.