Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރަން ދިދަ ނަގައިފި

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

މާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އެ ޕާޓީގެ ދަނޑިކޮށި ހަރުގޭގަ އެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ މަޖިލީހުގެ މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ކޭކެއް ވެސް ފަޅާފައިވެ އެވެ.

އެމްޑީޕީ ރަޖިސްޓްރީކުރީ ޖޫން 26، 2005 ގަ އެވެ. އެ ޕާޓީ އަކީ މިހާރު ރާއްޖޭގައި ދެވަނަ އަށް އެންމެ މެންބަރުން އެންމެ ގިނަ ޕާޓީ އެވެ. އަދި އެމްޑީޕީ އަކީ 2005 ގައި ސިޔާސީ ޕާޓީތަކަށް ހުއްދަ ދިން ފަހުން މިހާތަނަށް އުފެދުނު ޕާޓީތަކުގެ ތެރެއިން އުވިނުގޮސް އެއް ގޮތެއްގައި ދެމިއޮތް ހަމައެކަނި ޕާޓީ އެވެ.

އެ ޕާޓީ މިހާތަނަށް ރާއްޖޭގައި ދެ ފަހަރަށް ވެރިކަންކޮށްފައިވެ އެވެ. އެއީ 2008-2012 އަދި 2018-2023 އަށެވެ.

އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އެ ޕާޓީގެ ފަރާތުން ފުރަތަމަ ވެރިކަން ކުރެއްވި މުހައްމަދު ނަަޝީދު ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 1،000،000 އަށް އިތުރު ކުރުމެވެ. ނަޝީދު ވިދާޅުވަމުން ގެންދަވަނީ ދެން ބާއްވާ ރިޔާސީ އިންތިހާބެއް ވެސް އެ ޕާޓީން ކާމިޔާބު ކުރާނެ އެވެ.

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިއަދު މާލޭގައި ދިދަ ނެގުމުގެ ހަރަކާތެއް މިއަދު ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ ހަރަކާތައް ޕާޓީގެ ގޮފިތަކުން ކުރިއަށް ގެންދަން އޮތީ ރާވައިފަ އެވެ.