Last Updated: June 26, 20:28
Friday, June 26, 2026
މުނިފޫހިފިލުވުން

ސަލްމާންގެ އެކްސެލް ފިލްމު ޑައިރެކްޓް ކުރާނީ މެހެރާ

ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓަށް ސަލްމާން ޚާން ކުޅޭ ފުރަތަމަ ފިލްމު ޑައިރެކްޓް ކުރާނީ ފަރުހާން ނޫން ކަމަށް ބޮލީވުޑް ހަންގާމާ އިން ބުނެފި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާން ހިމަނައިގެން އެކްސެލް އިން ހަދަން ނިންމާފައި ވަނީ ބޮޑު ބަޖެޓަކުން ދެ ބަޔަކަށް ހަދަން ނިންމާފައިވާ ޕީރިއަޑް ފިލްމެކެވެ. އަދި މި ފިލްމު ވާނީ ސަލްމާން ހިމަނައިގެން ފަރުހާން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް ބޮލީވުޑް ހަންގާމާ އިން ބުނީ މިއީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސެލް އަށް އެ މީހުން ޕްރޮޑިއުސްކުރާ ފިލްމެއް ކަމަށާއި ފިލްމު ޑައިރެކްޓް ކުރާނީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ ކަމަށެވެ. އޭނަ އަކީ ފަރުހާން ހިމަނައިގެން 2013 ގެ 'ބާގް މިލްކާ ބާގް' ގެ އިތުރުން 2021 ގެ 'ތޫފާން' ގެނެސްދިން ޑައިރެކްޓަރެވެ.

މެހެރާ އަކީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2006 ގެ 'ރަނގް ދެ ބަސަންތީ' ގެ ވެސް ޑައިރެކްޓަރެވެ.

އޭނަ ސަލްމާނާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި ވަނީ އަންނަ އަހަރުގެ މެއި/ޖޫން ހިސާބުގަ އެވެ. އަދި މި ފިލްމަކީ ސަލްމާންގެ ވަރަށް ތަފާތު، ވަރުގަދަ ރޯލެއް ފެންނާނެ ފިލްމަކަށް ވާނެ ކަމަށް ހަންގާމާ އިން ބުންޏެވެ.

އެކަމަކު މިއާ ބެހޭ އެއްވެސް މައުލޫމާތެއް އެކްސެލް އާއި މެހެރާގެ ފަރާތުން ވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ސަލްމާން، 60، ގެ ކުރިއަށް އޮތް ފިލްމަކީ މަސައްކަތް ނިންމާފައި އޮތަސް އަދި ރިލީޒް ކުރާނެ ތާރީހެއް ދުވަހެއް އިއުލާން ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ 'މާތުރަބޫމީ' ހިމެނެ އެވެ.

އޭނަ މިހާރު އަންނަނީ ޑައިރެކްޓަރު ވަަމްޝީ ޕައިޑްޕައްލީގެ އަދި ނަން އިއުލާން ނުކުރާ އެކްޝަން ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ވަނީ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމަކަށް ވެސް ފެހި ސިގްނަލް ދީފަ އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ސިކަންދަރު' އެވެ.