Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ: ނަޝީދު

ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށާއި 2008 ވަނަ އަހަރުގައި އަމަލުކުރަން ފެށި ޤާނޫނު އަސާސީ ދިވެހިންނަށް ލިބިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެމްޑީޕީން ކަމަށެވެ.

އެ ގާނޫނު އަސާސީގެ ސަބަބުން ކުރިއެރުންތަކެ ހޯދުނު ނަމަވެސް ދުވަސްތަކެއް ފަހުން ބަލާއިރު ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހިންގެ ތަނަވަސްކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަށް މިއަދު 21 އަހަރު ފުރުނު އިރު، އެ ޕާޓީ ވުޖޫދަށް އައީ 2005 ގަ އެވެ. އެ ޕާޓީ އަކީ މިހާރު ރާއްޖޭގައި ދެވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީ އެވެ.