Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފުވައްމުލަކުގެ ޤުރުއާނާ ބެހޭ މަރުކަޒު ހުޅުވައިފި

ފުވައްމުލައް ސިޓީގައި އިމާރާތްކުރި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު މިއަދު ހުޅުވައިފި އެވެ.

އެތަން ހުޅުވިީ އެކަމަށްޓަކައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފުވައްމުލަކުގެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އަބްދުﷲ ސައުދާނެވެ.

ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީން ރޫމެއް ހިމެނެ އެވެ.

އިސްލާމީކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި އެ މަރުކަޒު ހުޅުވުމަށް ފަހު ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް ފުވައްމުލަކުގައި އިތުރުކޮށް މުދައްރިސުންގެ އަދަދު ވެސް އިތުރު ކުރާނެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން މިހާރު ވެސް 16 މަރުކަޒެެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.