Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރާއްޖެއަށް އަނެއްކާވެސް ބަދަލުތަކެއް ބޭނުންވޭ: ނަޝީދު

ރާއްޖެއަށް އަނެއްކާވެސް ބަދަލުތަކެއް ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނުއަސާސީގެ އަމާޒަކަށްވީ ތިން ބާރު ވަކިކުރުން ކަމަށާއި ނަމަވެސް އެކަން ހާސިލު ނުވި ކަމަށެވެ.

"ރައީސްގެ އިންތިހާބާއެކު ރައީސްގެ ޕާޓީއަށް މަޖިލިސްގެ ބޮޑު އަގުލަބިއްޔަތު "ގަނެވޭ"، އެއާއެކު ހުރިހާ ބާރެއް ރައީސްގެ ދަށަށް ގެންދެވޭ. ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތެއް ނޯވޭ،" ނަޝީދު ވިދާޅުވި އެވެ.

އެހެންވެ ރާއްޖެއަށް އަނެއްކާވެސް ބަދަލުތަކެއް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ވާދަކުރެއްވީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒު އިސްމާއިލް ނެރެން ތާއީދުކުރައްވައި ދެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ މެނިފެސްޓޯއަކާ އެކުގަ އެވެ.

އެ މެނިފެސްޓޯގައި އޮތް އެެއް ކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލު ކުރުމެވެ.