އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު 13 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
އިއްޔެ ހަވީރު ހިނގި އެ ހާދިސާގައި ނިޔާވީ އެ ރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު ޢަރީޝް އެވެ.
ބަގީއާ އެކު ކުއްޖާ ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި ބޯ ޖެހި ފަޅައިގެން ވެސް ގޮސް އަނިޔާތަކެއް ލިބުނެވެ. އެ ކުއްޖާ ހަންޏާމީދޫ ނިޔާވީ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭގަ އެވެ. މި ހާދިސާއާ ގުޅގެން ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ޓެސްޓްތަައް ހަދައި ސާމްޕަލް ނެގުމަށް ފަހު ކުއްޖާގެ ޖަނާޒާ ރޭ ދަންވަރު 12:00 ގައި ވަނީ ބާއްވާފައި އެވެ.
އެނގިފައިވާ ގޮތުގައި ބަގީއާ އެކު ކުއްޖާ މޫދަށް ވެއްޓުނީ، ބަނދަރުމަތީގައި އޭތި ތަޅުދަނޑި ޖަހާފައި އޮއްވައި ކުއްޖާ އަރައި ސްޓާޓްކޮށް ދުއްވައިލުމުން ކޮންޓަރޯލް ގެއްލިގެންނެވެ.