Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

ހިތަދޫ ހޭޅިފަށުން ގަސްތަކެއް ކޮށި މައްސަލައެއް ފެންމަތިވެއްޖެ

އަައްޑޫ ހިތަދޫ ދިދައެޑިމަގުގެ ހުޅަނގު ފަރާތު ހޭޅިފަށުން ގިނަ އަދަދެއްގެ ގަސްތަކެއް ހުއްދަ ނެތި ކޮށި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަމާ ގުޅިގެން އަވަށު އޮފީހުން އެ ސަރަހައްދުގެ ހޭޅިފަށުގައި ޤުދުރަތީގޮތުން ހެދިފައިވާ ގަސްތައް ނަގައިފައިވާ މައްސަލައެއް ހިތަދޫ އަވަށު އޮފީހުގެ ސަމާލު ކަމަށް އައިސްފައިވާތީ އެކަން ކުރި ބަޔަކު ދެނެގަތުމުގެ މަސައްކަތް މި އޮފީހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ހިތަދޫ އަވަށު އޮފީހުން ބުނި ގޮތުގައ އެމައްސަލަ އިތުރަށް ތަޙުޤީޤުކޮށް، ކަމާ ގުޅޭ ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

އެ އޮފީހުން ރަށުގެ ހޭޅިފަށުގައި ހުންނަ ގަސްގަހާގެއްސަކީ ރަށް ގިރުމާއި، އުދައެރުމުގެ އިތުރުން ތިމާވެށީގެ އެކި ނުރައްކާތަކުން ރަށް ރައްކާތެރިކޮ ށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ވަޞީލަތްތަކެއް. އެފަދަ ގުދުރަތީ ވެށި ހުއްދަ ނެތި ހަލާކުކުރުމަކީ ތިމާވެށީގެ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ.

އެހެންވެ ހޭޅިފަށުން އެއްވެސް މިންވަރަކަށް ގަސްގަހާގެހި ކޮށައި ސާފުކުރަން ވާނީ ކަމާބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ފަހު ކަމަށް އަވަށު އޮފީހުން ބުންޏެވެ.

 

މި ފަހުން އައްޑޫ ފޭދޫގެ ހިއްކި ސަރަހައްދުގައި ހޭޅިފަށުން ރުއްތައް ކެނޑި މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.