Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ސްޓެލްކޯގެ އަތޮޅުތެރޭ މުވައްޒަފުންނަށް ޕްރޮގްރާމެއް

އަތޮޅުތަކުން ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

އެ ކުންފުނިން މި ތަމްރީނު ޕްރޮގްރާމަކީ "ސެޓްފިކެޓް ލެވެލް 3 އިން ވޯޓާ ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް" ގެ ކޯހެއް ކަމަށެވެ.

މިއީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ ފަންނީ ހުނަރާއި ގާބިލުކަން ސްޓެލްކޯގެ މުވައްޒަފުންގެ ކިބައިގައި އަށަގަންނުވައި، ގައުމީ ފެންވަރުގައި ބަލައިގަނެވޭ ފެންވަރުގެ ސަނަދެއް މުވައްޒަފުންނަށް ހޯދައި ދިނުމަށް ފެށި ޕްރޮގްރާމެއް ކަމަށްސްޓެލްކޯއިން ބުންޏެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ގުޅިގެންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ފެށި ޕްރޮގްރާމްގައި ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްތަކުން ޖުމްލަ 60 މުވައްޒަފަކު ބައިވެރިވެފައިވެ އެވެ.