މިދިޔަ ބުދަ ދުވަހުގެ ރޭ ވެނެޒުއެލާ އަށް އައި ބިންހެލުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 900 އިން މައްޗަށް އަރައިފި އެވެ.
ބުދަ ދުވަހުގެ ރޭ ވަރުގަދަ ދެ ބިންހެލުމެއް އައިސްފައިވެ އެވެ. އެއީ ރިކްޓާ މިންގަނޑުން 7.5 އާއި 7.2 ބާރު މިނުގައި ބިންހެލުންތެކެވެ. މި ބިންހެލުންތަކުގެ އަސަރު އެންމެ ބޮޑަށްކުރީ ވެނެޒުއެލާގެ އުތުރުގެ ލަ ގުއައިރާ ސަރަހައްދަށާއި ވެރިރަށް ކަރަކަސްއަށެވެ.

ބިންހެލުންތަކުގައި ގިނަ އަދަދެއްގެ އިމާރާތްތައް ބިމާހަމަވެފައިވާ އިރު، މަރުވި މީހުންގެ އަދަދު މިހާރު 920 އަށް އަރަ އެވެ.
ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ އިމާރާތްތަކުގައި ދަށުގައި ވެސް އަދިވެސް ގިނަ ބަޔަކު ތިބި ކަމަށް ބެލެވޭތީ އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ އިރުމ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑެވެ،
ބިންހެލުންތަކުގައި 3،360 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ އިރު، އެތައް ބަޔަކު ވަނޫ ގެއްލިފަ އެ އެވެ.

ވެނެޒުއެލާ އަށް އައި ބިންހެލުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ އެހީތެރިކަން އެ ގައުމަށް މިހާރު އަންނަނީ ލިބެމުންނެވެ. އެގޮތުން މީހުން ހޯދުމުގެ މަސައްކަތުގައި އެކި ގައުމުތަކުގެ ޓީމުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ، މެކްސިކޯ، ސްވިޓްޒަލޭންޑް އަދި ނެދަލޭންޑްސްގެ ރެސްކިއު ޓީމުތައް ހިމެނެ އެވެ.