Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިތުރު 85 ޒުވާނުން ޚަތީބުކަމުގެ ސަނަދު ހޯދައިފި

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ބުރު ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ރޭ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 85 ޒުވާނުން ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމެވެ.

ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 621 ޒުވާނުން ތަމްރީނުކޮށްފައިވެ އެވެ.

މި ޕްރޮގްރާމް ފެށީ 2024 ގަ އެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމަކީ ގްރޭޑް 10، 11، އަދި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެކެވެ. އުމުރުން 18 އަހަރު ނުފުރޭ ނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން މި ޕްރޮގްރާމަށް ހުށަހަޅަން ޖެހެ އެވެ.

ޚަތީބުން ތަމްރީނު ކުރުމުގެ 4 ވަނަ ބުރު ނިންމައިލި އިރު، މީގެ 5 ވަނަ ބުރު އަންނަ މަހުގެ ތެރޭގައި ފަށަން އޮތީ ނިންމައިފަ އެވެ.