Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ފުވައްމުލަކުގެ އިސްލާމީ މަރުކަޒުގެ ޑިޒައިން ނިންމައިފި

ފުވައްމުލަކުގައި އިއްޔެ ހުޅުވި ޤުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު. ފޮޓޯ/ މިނިސްޓްރީ

ފުވައްމުލަކުގައި ބިނާކުރަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ޑިޒައިން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެ ޑިޒައިނަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ބަހެއް ހޯދަން ވެސް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ފުވައްމުލަކުގެ އިސްލާމީ މަރުކަޒު ނިމުމުން އެތަން ބަދަލު ވާނީ އެ ސިޓީފެ ޤުރުއާނާ ބެހޭ މަރުކަޒަށް ކަމަށެވެ އަދި އިއްޔެ ހުޅުވި ފުވައްމުލަލުގެ ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ބަދަލުވާނީ ވަޤުފު ބިނާއަކަށެވެ. އެތަނުން ލިބޭ ފައިސާ ޚަރަދު ކުރާނީ ފުވައްމުލަކުގެ ދީނީ އެކި ކަންކަމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް ބިނާ ކުރަން ތައްޔާރީތައްވަމުން އަންނަ އިރު، ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ހުޅުވާފައިވެ އެވެ. އަދި ބައެއް ރަށްރަށުގެ މަޝްރޫއުތައް ދަނީ ކުރިއަށެވެ.