ހުޅުމާލޭގެ އެޕާޓްމަންޓެއްގައި މަސްތުވެގެން ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ.
މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ފޭސް އެކެއްގައި ހުންނަ އެމީހުން ތަވާ ކެފޭ ކައިރީގައި ހުރި އޭއެޗް ބްރަދާސް އިމާރާތުގެ އެޕާޓްމެންޓަކުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނެއްގެ އިތުރުން 34 އަހަރުރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުތީ ބަޔަކު މާރާމާރީ ހިންގާކަމުގެ ރިޕޯޓެއް ލިިބިގެން ގޮސް މިއަދު ހެނދުނު 6:00 އެހާކަށްހާ އިރު ފުލުހުން އެ އިމާރާތަށް ވަދެ ކަމަށެވެ.