Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މުލަކުގެ ރިކްރިއޭޝަން ސެންޓަރު ހުޅުވައިފި

default

މ. މުލަކުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުއްވައިފ އެވެ.

މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި އެތަން ހުޅުވައި ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ. އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހެލްތު މިނިސްޓަރު ގީލާ އަލީ ވެސް ބައިވެރިވަޑައިގަތެވެ.

މ. މުލަކު އެފްއާރްސީއަކީ 2008 ގައި ތަރައްޤީ ކުރަން ފެށި ތަނެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މަޝްރޫއު މިހާތަނަށް އޮތީ އެދެވޭ ގޮތަކަށް ކުރިއަށް ނުގެންދެވި އެވެ.

ނަމަވެސް މުލަކުގެ ޒުވާނުންގެ އެދުމުގެ މަތިން މީގެ އަހަރެއްހާ ދުވަސްތެރޭގައި ޒަމާނީ ފެންވަރަށް އެ ސެންޓަރު ސައްކަތް ނިންމައި މިއަދު ހުޅުވީ ފުރިހަމަ ވަސީލަތްތަކާއެކު ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއު ނިންމީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) އިންނެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.