ފީފާ ވޯލްޑް ކަޕުން ދެކުނު ކޮރެޔާ ކަޓައިފި އެވެ.
ވޯލްޑް ކަޕުން ދެކުނު ކޮރެޔާ ކެޓީ ގްރޫޕް ކޭ ގައި ހިމެނޭ ކޮންގޯ އިން މިރޭ އުޒްބެކިސްތާނުގެ މައްޗަށް 3-1 އިން ކުރި ހޯދުމުންނެވެ. އެ ނަތީޖާއާއެކު އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެކުނު ކޮރެޔާއަށް ވަނީ ގެއްލިފަ އެވެ.
ދެކުނު ކޮރެޔާ މިފަހަރުގެ މުބާރާތުގައި ލައްވާލީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އާއި ދެކުނު އެފްރިކާ އާއި ޗެކް ރިޕަބްލިކާ އެކު ގްރޫޕް އޭ ގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ދެ މެޗުން ވެސް ދެކުނު ކޮރެޔާ ވަނީ ބަލިވެފަ އެވެ. އެޓީމު މޮޅުވީ ޗެކް ރިޕަބްލިކާއި ބައްދަލުކޮށް 2-1 އިންނެވެ.
ގްރޫޕް އޭ އިން ދެވަނަ ބުރަށް ދަތުރުކުރީ މެކްސިކޯ އާއި ދެކުނު އެފްރިކާ އެވެ.
މިއީ ދެކުނު ކޮރެޔާ އިން ވާދަކުރި 12 ވަނަ ވޯލްޑް ކަޕެވެ.