Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ކަނޑަށް ވެއްޓުނީ 5 ކޮންޓެއިނާ، 3 ނުފެނޭ

ބާޖަކުން ކަނޑަށް ވެއްޓުނީ ފަސް ކޮންޓޭނަރު ކަމަށާއި އޭގެ ތެރެއިން ދޭތި މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް އެމްޕީއެލްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓުނީ ރޭގަ އެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ކޮންޓެއިނަރުތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދިފަ އެވެ.

ފުލުހުން މިއަދު ބުނީ ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓުނު ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 1:10 އެހައިކަންހާއި ކަމަށެވެ. އެގޮތުން ފަސް ކޮންޓެއިނަރު ކަނޑަށް ވެއްޓި އޮޔާ ގޮސްފައިވަނިކޮށް އޭގެ ތެރެއިްނ ދޭތި ފެނިފައިވާ ކަމަށް ބުންޏެވެ. އަދި ކަ އަނެއް ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެވެ.

އެހެންވެ ފުލުހުން ވެސް ވަނީ މާލެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުތަކުން ސަމާލުވާން އެދިފަ އެވެ.