Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ބަނގުރާ ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެ ވެ.

ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަލް ނޫމާން، 31، އާއި ރަކީބުލް ހަސަން ޕަޕޫން، 20، އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ހުޅުމާލެ ފޭސް 1 ގައި ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރި އިރު 15 ފުޅި ބަނގުރާ ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނޫމާން ފަސް ދުވަހަށް އަދި ޕަޕޫންގެ ބަންދަށް 1 ދުވަސް ޖަހާފައިވެ އެވެ.

މި ފަހަކަަށް އައިސް މާލެ ސަރަަހައްދުން ބަނގުރަލާ އެކު ހައްޔަރުކުރާ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.