Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

ހުޅުދޫގައި ހުމާއި އިންފުލުއެންޒާ ފެތުރެނީ

އައްޑޫ ހުޅުދޫގައި މި ދުވަސްވަރު ވައިރަލް ހުމާއި އިންފުލުއެންޒާ ބާރަށް ފެތުރެމުންދާތީ އެކަމަށް އާންމު ރައްޔިތުން ސަމާލުވާން ހުޅުދޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ކައުންސިލުން މިއަދު ނެރުނު އެލާޓްގައި ބުނީ ހުމާއި އިންފުލުއެންޒާ ހުޅުދޫގައި ވަރަށް ހަލުވިކޮށް ފެތެރެމުންދާ ކަމަށެވެ. އެހެންވެ މުޅި މުޖުތަމައުގެ ރައްކާތެރި ކަމަށް ފަރުދީ ގޮތުން ސަމާލުކަން ދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށް ބުންޏެވެ.

ހުޅުދޫ ކައުންސިލުން ބުނީ ވަކިން ހާއްސަކޮށް ކުޑަކުދިންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރަށް ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ މީހުންނަކީ މިފަދަ ބަލިތަކުގެ ނުރައްކާ ބޮޑު ބަޔަކަށްވާތީ ރައްކާތެރިކަމުގެ ފަޔަވަޅު އެޅުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ހުޅުދު އަކީ މީދުއާ އިންވެގެން އޮންނަ ރަށެވެ.

މިހާރު ވަކި ކައުންސިލްތަކެއް އޮތް ހުޅުދު އާއި މީދު އަކީ އައްޑޫގެ މީހުން ދިރިއުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ދެ ރަށެވެ. އެ ދެ ރަށަށް ހާއްސަ ސިއްހީ މަރުކަޒެއް ވެސް ހުރެ އެވެ.