Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ކުލަ 20 ފުލުހަކަށް، މެޑަލް 7 ފުލުހަކަށް

ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކޮށްދެއްވި 27 ފުލުހަކަށް، ރައީސުލްޖުމްހޫރިއްޔާގެ ކުލަ އާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އަރުވައިފި އެވެ.

އެ އިނާމުތައް ހަވާލުކޮށް ދިނީ ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލަ އާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކުލަ މި އަހަރު 20 އޮފިސަރަކަށް ލިބިުނެވެ.

1. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް
2. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު
3. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަލީ
4. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ފަޒީން
5. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޙުސައިން
6. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަޒީމް ވަޙީދު
7. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޙަނީފް
8. ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް މުޙައްމަދު ނަޞީރު އިބްރާހީމް
9. ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ހާރޫން ޢަލީ
10. ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ޔޫސުފް ބުޝްރީ
11. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު
12. ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ޢަބްދުﷲ ފިރުޝާން ޢަލީ
13. އިންސްޕެކްޓަ އޮފް ޕޮލިސް ނާފިޢު އިބްރާހީމް މަނިކު
14. އިންސްޕެކްޓަ އޮފް ޕޮލިސް ޙަސަން ނަޝީދު
15. އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިޤްބާލް
15. އިންސްޕެކްޓަ އޮފް ޕޮލިސް އިލްޔާސް ޢަބްދުﷲ
16. ސަބް-އިންސްޕެކްޓަ އޮފް ޕޮލިސް ޔަމަން ޢަލީ
17. ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިބްރާހީމް
18. ސަބް-އިންސްޕެކްޓަ އޮފް ޕޮލިސް މޫމިނާ މޫސާ
19. ސަބް-އިންސްޕެކްޓަ އޮފް ޕޮލިސް އަޙްމަދު ރަމީޒެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 އޮފިސަރަކަށް އަރުވާފައިވެ އެވެ.

1. އެސިސްޓަންޓް ކޮމިޝަނަރު މުޙައްމަދު ޖަމްޝީދު
2. އެސިސްޓަންޓް ކޮމިޝަނަރު މުޙައްމަދު ރަޝީދު
3. އެސިސްޓަންޓް ކޮމިޝަނަރު އަޙްމަދު ޢަބްދުއްރަޙްމާން
4. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު
5. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް
6. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ސާމީ
7. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރު

ރޭގެ ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި، ފުލުހުންގެ މުއައްސަސާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.