Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ސިފައިންގެ ތަމްރީނުތަކެއް 13 ސަރަހައްދެއްގައި

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް 13 ސަރަޙައްދެއްގައި މިއަދު ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަސްކަރީ މިއަދު ފެށި ތަމްރީބު ތިން ދުވަހަށް ދެނިގެން ދާނެ ކަމަށެވެ. މި ތަމްރީނުތައް ކުރިއަށް ގެންދާނީ ސިފައިން ހަތިޔާރާއެކު އެވެ. އަދި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުން ނުވާނެ ގޮތަށް ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ތަމްރީނުތައް ކުރިއަށްދާ ސަރަޙައްދުތަކަކީ ބަރެސްދޫ، ފޮނަދޫ، ކައްދޫ، މާންދޫ، ގަން (މުކުރިމަގު، މަތިމަރަދޫ، ތުނޑި)، މުންޑޫ، މާބައިދޫ، ބޮކެފުށި، ކަޅައިދޫ، އުވަދެވިފުށި، މަހާކަންފުށި، ގަސްފިނޮޅު އަދި ބޮޑުފިނޮޅެވެ.

މިއީ ސިފައިންގެ ލަޝްކަރު ވަރުގަދަކުރުމުގެ ކުރިއަށް ގެންދާ ތަމްރީނެކެވެ، މިފަދަ ތަމްރީނުތައް ދޭތެރެ ދޭތެރެއިން މާލެ އާއި އަތޮޅުތަކުގެ އެކި ސަރަޙައްދުގައި އަންނަނީ ހިންގަމުންނެވެ.