Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

މި ދައުރުގައި ހައުސިން ޕްރޮޖެކްޓްތައް ނިންމައި، މީހުން ވައްދާނެ

މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫތަކެއް މި ދައުރުގެ ތެރޭގައި ނިންމައި ދައުރު ނިމުމުގެ ކުރިން އެތަންތަނަށް މީހުން ވެއްދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށެވެ، އެގޮތުން ކުރީގެ ސަރުކާރުތަަކަށް ނުކުރެވި އޮތް ކަމެއް މި ސަރުކާރުން ކުރަން އަމާޒު ހިފާފައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ މި ސަރުކާރުން ކުރިއަށް ގެންދާ ހައުސިންގެ ގިނަ މަޝްރޫއުތަކެއް ނިންމައި، މި ދައުރުގެ ތެރޭގައި އެތަންތަނަށް މީހުން ވެއްދުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުރިއަށް ގެންދާ މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އެ ހުރިމާ މަޝްރޫއުތަކެއް 2028 ގެ މެދުތެރެއާ ހަމައަށްދާ އިރު އެއްކޮށް ނިމޭނެކަމުގެ އުންމީދު ވެސް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބޯހިޔާާވަހިކަން ހޯދައި ދިނުމަށް ވެވަޑައިގަތް ވައުދުތައް މި ދައުރުގެ ތެރޭގައި ފުއްދޭނެކަމުގެ ޔަގީންވެސް އެބައޮތެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ 2024 އާއި 2025 ގެ ބަޖެޓް ފާސްކުރި އިރު، ބޯހިޔާވަހިކަމުގެ ބަޖެޓްތަކެއްގެ ގޮތުގައި އެ ބަޖެޠްތައް ފާސްކުރި ނަމަވެސް މިހާތަނަށް މި ސަރުކާރުގެ ބޯހިޔާކަމުގެ މަޝްރޫއުތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާކަމެވެ.