Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އީސީގެ ރައީސަކަށް ޝަކީލު އައްޔަން ކުރަނީ

އިލެކްޝަންސް ކޮމިޝަން އީސީ) ގެ ރައީސަކަށް މިިދިޔަ ހަފުތާގެ ތެރޭގައި މެންބަރަކަށް އައްޔަންކުރި މުހައްމަދު ޝަކީލު އައްޔަން ކުރުމުގެ މައްސަލަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.

ކޮމިޝަންގެ މެންބަރަކަށް ކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޝަކީލު އައްޔަންކުރީ މި މަހުގެ 24 ގަ އެވެ.

އޭނަ މެންބަރު ކަމަށް އައްޔަންކުރީ އީސީގެ ރައީސަކަށް ކުރިން ހުންނެވި މެންބަރު މުހައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީ އެކުލެވެނީ 5 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި ޢަބްދުލް ޙަސީބް އިސްމާޢީލާއި ރިފްޢަތު ޢަބްދުﷲ އަދި ޝަކީލެވެ.

އީސީގެ ރައީސަކަށް ޝަކީލް އައްޔަން ކުރުމަށް ރައީސް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

ޝަކީލަކީ ކުރިން ވެސް އީސީގެ މެންބަރުކަމާއި އެ ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލްކަން ވެސް ކުރެއްވި ބޭފުޅެކެވެ.