ހުޅުމާލެ ހޮސްޕިޓަލުން އައުޓްޕޭޝަންޓް ނާސިންގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
އެ ހިދުމަތް އިއްޔެ ތައާރަފުކޮށް ދެއްވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަލީ ރައްޒާގެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އައުޓްޕޭޝަންޓް ނާސިން ހިދުމަގަކީ އާންމުކޮށް ބޭނުންވާ ނާސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށް ދިނުމަށްޓަކައި ތަޢާރަފުކުރި ހިދުމަތެއް ކަމަށެވެ.
އޭގެ ދަށުން ފޯރުކޮށް ދޭނެ ޚިދުމަތްތަކަކީ:
* އިންޖެކްޝަން ޖަހައިދިނުން
* ބޭސް އަޅައިދިނުން
* އާވި އަރުވައި ދިނުން
* ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުން
– ހަކުރުބަލައިދިނުން
* ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ޚިދުމަތް
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ މިފަދަ ޞިއްޙީ ޚިދުމަތްތައް، ފަސޭހައިން ލިބޭނެ މަގުތަނަވަސްކޮށްދީ، އަޅާލުމާ އޯގާތެރިކަމާ އެކު ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފޯރުކޮށް ދިނުން ކަމަށެވެ.