މީގެ 19 އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު 'އާވާރާޕަން' ގެ ދެވަނަ ބައިގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
ކުރީގެ ފިލްމާ އެއްގޮތަށް އާ ފިލްމުގެ ބަތަލަކީ ވެސް އިމްރާން ހާޝިމީ އެވެ. އޭނައާ އެކު 'އާވާރާޕަން 2' އިން ފެންނާނެ ތަރިންގެ ތެރޭގައި ޑިޝާ ޕަޓާނީ އާއި ތަޖުރިބާކާރު ބަތަލާ ޝަބާނާ އާޒްމީ އެވެ.
މި ފިލްމުން ޝަބާނާ ފެންނާނީ އޭނަގެ ދިގު ކެރިއަރުގައި ކުޅުނު ފުރަތަމަ ނެގަޓިވް ރޯލުންނެވެ.
'އާވާރާޕަން 2' ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އޮގަސްޓް 14 ގަ އެވެ. އެ ތާރީހަކީ ސަނީ ޑިއޯލްގެ 'ލާހޯރް، 1947' ވެސް ތާވަލުކޮށްފައި އޮތް ތާރީހެވެ.
'އާވާރާޕަން 2' އަކީ އިމްރާނާއި ބަތަލާ ޝްރިޔާ ސަރަންއާ އެކު ޑައިރެކްޓަރު މޯހިތު ސޫރީ ވިޝޭޝް ފިލްމްސް އަށް ޑައިރެކްޓްކުރި 2007 ގެ ކްރައިމް ޑްރާމާ 'އާވާރާޕަން' ގެ ސީކްއެލް އެވެ. އާ ފިލްމުގެ ޑައިރެކްޓަރަކީ ނިތިން ކައްކަރް އެވެ،
'އާވާރާޕަން 2' އަކީ އިމްރާނާއި ޑިޝާގެ ޖޯޑު އެކީގައި ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ.