Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އަލިފުށި އެއާޕޯޓް މި ދައުރުގައި ހުޅުވާނެ: ރައީސް

ރ. އަލިފުށީގައި ތަރައްގީކުރާ އެއާޕޯޓް މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަލިފުއްޓަކީ ސަރަޙައްދީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށްވާތީ އެ ރަށުގެ އެއާޕޯޓްގެ އިތުރުން ހޮސްޕިޓަލްގެ މަޝްރޫޢު ހިމެނޭހެން ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކަކީވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫއުތަކެއް މަށެވެ.

"އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ. މި މަޝްރޫއުތަކަށް އެ ކުންފުންޏަށް ބޭނުންވާ ސާމަނު ގަތުމަށް ބޭނުންވާ ފައިނޭންސް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ. "މާ ލަސްތަކެއް ނުވެ އެމްޓީސީސީގެ ފަރާތުން އެ މަޝްރޫއަށް ބޭނުންވާ ސާމާނު ހޯދާ މަސައްކަތް ފެށިގެން ދާނެ. މި ދެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ނިންމާ ހުޅުވާނަން."

އަލިފުށީގައި ތަރައްގީކުރާ އެއާޕޯޓަކީ 1،200 މީޓަރުގެ ރަންވޭއަކާ އެކީފަ އެވެ. މި މަޝްރޫއުގެ އެޕްރަން އާއި ޓެކްސީ ވޭއަކާއި އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް އިމާރާތާއި، ފަޔަ ބިލްޑިން ތަރައްޤީކޮށް އަލިފާން ނިއްވާ ވަޞީލަތް ޤާއިމުކުރުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމަށް ހަމަޖެހިފަ އެވެ.

މިއީ ދައުލަތުގެ ބަޖެޓުން 426.05 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

އަލިފުށީ އެއާޕޯޓް މަޝްރޫއަކީ ކުރީގެ ސަރުކާރުން 2023 ގެ ޖެނުއަރީގައި އިފުތިތާހުކުރި މަޝްރޫއެކެވެ. އޭރު އެއާޕޯޓްގެ ޓާމިނަލްގެ ބިންގާ އެޅި އެވެ.