Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

މަސްތުވެގެން ހަމަނުޖެހުން ހިންގި މީހުން ބަންދުކޮށްފި

ހުޅުމާލޭގައި ބަނގުރާ ބޮއެ، މަސްތުގެ ހާލަތުގައި ތިބެގެން ހަމަނުޖެހުން ހިންގި ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ހުޅުމާލޭގެ ފޭސްގެ 1 ގެ އެޕާޓްމަންޓަކުން އެ ހަތަރު މީހުން ހައްޔަރުކުރީ އިއްޔެ ހެނދުނު އެވެ. އޭގެ ތެރޭގައި ހިމެނެނީ ނ. ވެލިދޫ، ހުދުވިލާގޭ ހަސަން ލުޖައިން މުހައްމަދު، 24، އާއި އެ ރަށު ރަންތަރި، އިބްރާހިމް މަންސޫރު، 34، އާއި ގދ. ގައްދޫ، ބޯޅަކިންކިރިމާގޭ ރިފްގާ ޖަމާލު، 24، ގެ އިތުރުން ދަފުތަރު ނަންބަރު ރސ 93301، ސުހާ ޝަފީއު، 29، އެވެ.

މި ހަތަރު މީހުންގެ ތެރެއިން މަންސޫރުގެ ބަންދަށް ތިން ދުވަސް ޖެހި އިރު، އަނެއް ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ 5 ދުވަހެވެ.

އެ މީހުން ހައްޔަރުކުރި އެޕާޓްމަންޓުން ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނިފައިވެ އެވެ.