Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ސިނގިރެޓް ޑިއުޓީ ކުޑަކުރާ ބިލު ކޮމިޓީން ފާސްކޮށްފި

ސިނގިރޭޓްގެ ޑިއުޓީ ދެ ގުނަ ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ޖަލްސާ މެދުކަނޑާލުމަށް ފަހު، މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކުރީ 69 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.

ޤާނޫނުުގެ 7 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ދުންފަތުގެ 3 ބާވަތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން، ސިނގިރޭޓުގެ އިތުރުން ބިޑި އާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުން ކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. ރުފިޔާއަށް ކުޑަކުރުމަށް ހުށަހަޅާފައިވެ އެވެ.

މީ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ކުޑަ ކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަށެވެ.