މި ސަރުކާރުން އުފެއްދި ނަމަވެސް މަސައްކަތް ވާނުވާގައި އޮތް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާތަކެއް، ބޭރުގެ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން އަށް ވިއްކާލި ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.
އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުިވުމުގައި ނޫސްވެރިއަކު ކުުރެއްވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޑީބީއެމްގެ ހިއްސާ ވިއްކައިލި ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަަމަށެެވެ.
"ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް، ވަރަށް ބޮޑަށް މި ފެތުރިފައި، ވަރަށް ބޮޑަށް އުފާ ކުރަން ނޫސްވެރިން އެކަންކަން ސާފު ކުރަން ސުވާލު ކުރައްވާތީ،" ރައީސް ވިދާޅުވި އެވެ.
ޑީބީއެމް ހުޅުވީ ނޮވެމްބަރު 16، 2024 ގަ އެވެ. އެ ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ހުއްދަ ދިނީ އެ އަހަރުގެ 13 ގަ އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެކެވެ.