Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

އަންނަ ޖެނުއަރީގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފަށަނީ

އާރްޓީއެލް ޚިދުމަތް ހުވަދޫގައި ފެށުމަށް ބޭނުންވާ ލޯންޗު / ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުން ޢާންމުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފަ އެވެ.

އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކޮށް، އެ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދީގެން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފަ އެވެ.

އަދި، ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.

އާރްޓީއެލްގެ ހިދުމަތަކީ އެމްޓީސީސީ މެދުވެރިކޮށް ދޭން ފެށި ހިދުމަތެކެވެ. ދެހާސް ބާވީހުގައި ފެށި މި ހިދުމަތުގެ ތެރެއިން ބައެއް ސަރަހައްދުގައި އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.