މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ވަނީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ޖެނުއަރީ 2024 އިން ޖޫން 2026 އެ އިދާރާއިން ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ. އެގޮތުން މި މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު 27 އިންސައްތަ އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަން 31 އިންސައްތަ އިތުރެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އަތުލައިގަނެވުނީ 247 ކިލޯގެ މަސްތުވާތަކެއްޗެވެ. އެއީ 116 މައްސަލައެއްގަ އެވެ.
ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ޖޫން 2026 ވަނަ އަހަރުގެ ނިޔަލަށް 324 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އެއީ 147 މައްސަލައެއްގައި ހިމެނޭ ތަކެއްޗެވެ.
މި ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާ އަޅާބަލާއިރު، މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގަައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރެވެ.