ކޮމިއުނިޓީސް ކްލައިމެޓް އެޑަޕްޓޭޝަން ފެސިލިޓީގެ ދަށުން ދޫކުރަން ނިންމާފައިވާ ސްމޯލް ގްރާންޓް އެދުމުގެ ފުރުސަތު އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިއީ އެތަނާއި ގްލޯބަލް ސެންޓަ ފޯ ކްލައިމެޓް މޮބިލިޓީން އިސް ނަގައިގެން ރާއްޖެ އަށް ހާއްސަކޮށްގެން ދޭން ނިންމާފައިވާ ގްރާންޓެއް ކަމަށެވެ.
އެހެންވެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ފޯރާފައިވާ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ދޭން ނިންމި ސްމޯލް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު އޮތީ އާންމުކޮށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 6 އާ ހަމައަށެވެ.