އަންނަ ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ އެކްޝަން ތުރިލާ 'އަލްފާ' އިން އެންމެ ބޮޑު ފީއެއް ލިބިފައި ވަނީ އޭގެ ލީޑް ބަތަލާ އާލިއާ ބަޓަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ
އޭނަ ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ މި ފިލްމުން ހުނަރުވެރި ބަތަލާ އަށް 25 ކްރޯޑް ރުޕީސް (2.6 މިލިއަން ޑޮލަރު) ފީއެއް ލިބިފައިވެ އެވެ.
'އަލްފާ' އަކީ ވައިއާރްއެފަށް، ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ އާލިއާ ކުޅުނު ފުރަތަމަ ފިލްމު ވެސް މެ އެވެ.
އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް މުޅިން އަލަށް ބަތަލާއިން ލީޑްކުރާ ގޮތަށް ހަދާފައިވާ ފިލްމުގައި އާލިއާއާ އެކު ވަރުގަދަ ރޯލެއް އަރަމުން އަންނަ ބަތަލާ ޝަރްވާރީ ވާގް ވެސް ކުޅެފައިވެ އެވެ. އޭނަ އަށް ފިލްމުން ފީއެއްގެ ގޮތުގައި ލިބިފައި ވަނީ އާލިއާ އަށް ލިބުނު އަގަށް ވުރެ އަށްގުނަ ކުޑަ އަގެކެވެ. އެއީ 3 ކްރޯޑް (317،400 ޑޮލަރު) އެވެ.
މީގެ އިތުރުން 'އަލްފާ' ގެ މުހިއްމު ރޯލުތަކުން ފެންނާނެ އިތުރު ކާސްޓުންގެ ތެރެއިން ފިލްމު މައި ވިލަން ބޮބީ ޑިއޯލް އާއި ރޯ އޭޖެންޓެއްގެ ރޯލު ކުޅެފައިވާ އަނިލް ކަޕޫރްގެ ފީ އަކީ ކޮންމެ އެކްޓަރަކަށް 6 ކްރޯޑް ރުޕީސް (634،800 ޑޮލަރު) އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މުޅިން އަލަށް ފީޗާ ފިލްމެއް ހެދި ޒުވާން ޑައިރެކްޓަރު ޝިވް ރަވައިލް ގެނެސްދޭ 'އަލްފާ' ހަދާފައި ވަނީ ޖުމްލަ 100 ކްރޯޑް ރުޕީސް (10.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
މި ފިލްމަކީ ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. އަލްފާގެ ޓްރެއިލާ މި މަހުގެ މެދުތެރޭގައި އާންމުކުރުމާ އެކު ވަރަށް ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ފިލްމެއް ކަމަށް ބެލެވޭ ކަމަށެވެ.
'އަލްފާ' އަކީ 2024 ގެ 'ޖިގްރާ' އަށް ފަހު މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން އާލިއާގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނަ ފުރަތަމަ ފަހަރެވެ.