Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ރަސްމާލެ މަޝްރޫއަށް އަލުން ކޮންސަލްޓަންޓަކު ހޯދަނީ

މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ރަސްމާލެ މަޝްރޫޢުގެ މާސްޓަޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

މިކަމަށް ކޮންސަލްޓަންޓެއް ހޯދަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އިއުލާންކުރި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ރަސްމާލެ މަޝްރޫއަށް ކޮންސަލްޓަންސީ ދޭން ޝައުގުވެެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ފުށިދިއްގަރު ހިއްކައިގެން ކުރިއަށް ގެންދަން ރާވާފައިވާ ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެންނަން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއު އަށް 1،010 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ އޖރިު، އެ މަސައްކަތް ފެށީ ޑިސެންބަރު 18، 2023 ގަ އެވެ.

އެގޮތުން މިހާތަނަށް 500 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކައިފަ އެވެ.

ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ 20 އަހަރުގެ ތެރޭގައި 200،000 ހައުސިން ޔުނިޓް ތަރައްގީކޮށް ބޮޑު އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމެވެ.

ރަސްމާލެ އަކީ ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް ތަރައްގީ ކުރަން ސަރުކާރުން އަމާޒު ހިފާފައި އޮތް މަޝްރޫއެކެވެ. އަދި އެތަން ވާނީ ޒީރޯ ކާބަން ތަނަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.