Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ތޯރިގް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރާއްޖެ އިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި އާ ސަފީރު ތާރިގު އިބްރާހިމް އޭނަގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ސަރުކާރަށް އަރުވައިފި އެވެ.

ފަތްކޮޅާ ހަވާލުވެވަޑައިގަތީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ އެވެ.

ތޯރިގަކީ މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރެވެ. އޭނަ މިނިސްޓަރުކަމުން ވަކިކުރީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ފޮރިން މޮނިސްޓްރީގެ އެންބެސެޑާ އެޓް ލާގްގެ މަގާމަށް އައްޔަންކުރި އެވެ.

ޔޫއޭއީގެ ސަފީރުކަމަށް ތޯރިގު އައްޔަންކުރީ މި މަހުގެ 25 އެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މާޗް 15، 1978 ގަ އެވެ.