މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ މއ. ސުއްކަތުރާގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސް އިން މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބުނީ 09:42 ހާއިރު އެވެ.
އަލިފާން އެއްކޮށް ނިއްވައިލެވުނީ 10:12 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ ރޯވި ގޭގައި ބަހައްޓާފައި ހުރި ކަބަޑު ސެޓެެއްގައި ރޯވެ ހިނގި ހާދިސާގައި، އެކަކަށް ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.