ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު ފަށާފައިވާ އެމްއާރް ވެކްސިން ދިނުގެ ޕްރޮގްރާމްގެ ތެރެއިން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ވެކްސިން ދޭން ފަށަން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލުން މިއަދުބުނީ އެތަނުގައި ވެކްސިން ދިނުން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 6 އާ ހަމައަށް ކަމަށެވެ. އެހެންވެ ވެކްސިން ޖަހައި ދޭނެ ގަޑިތައް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
މި ވެކްސިން މި ފަހަރު ހާއްސަކޮށްފައި ވަނީ އުމުރުން 30 އަހަރުން ދަށުގެ ދިވެހިންނަށާއި ބިދޭސީ މަސައްކަތްތެރިންނަށެވެ. ވެކްސިން ޖަހަންދާ އިރު، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ގެންދަން ޖެހެ އެވެ.
ހިމަބިއްސަކީ ރާއްޖެ އިން ނައްތާލައިވާ ބައްޔަކަށްވި ނަމަވެސް އެ ބަލީގެ ކޭސްތަކެއް މިދިޔަ މަހުގެ ތެރޭގައި ފެނުނު ފަހުން މިހާތަނަށް 66 މީހަކަށް ބަލި ޖެހިފައިވެ އެވެ.
އެހެންވެ މުޅި ރާއްޖޭގައި މިހާރު ވަނީ އެމްއާރް ވެކްސިންގެ ޕްރޮގްރާމެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ފަށައިފަ އެވެ.